Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އާ ގުޅިވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ ފިކުރު ދޫކުރެއްވުމަށްފަހު ޕީޕީއެމުން ނިކުމެވަޑައިގަތް މަހްލޫފް ވަނީ އެފަހުން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގަނެ މަސައްކަތް ކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަމުން ދިޔަ މަހްލޫފް ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ބުނެ ޖަލަށް ލުމާ ހަމައަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގެ ތަރުޖަމާނަކަށް ހުންނަވާފައެވެ.

އެމްޑީޕީއާ ގުޅިވަޑައިގެން މަހޭ ވިދާޅުވީ އިންތިޚާބީ ރައީސް އިބޫ ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރުމަށް ތައްޔާރު ކަމަށާއި އެމްޑީޕީ އާއިލާއާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.