Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށައަޅައިފި

ފޮޓޯ-މިހާރު

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ހުށައެޅި 2019 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިނިސްޓްރީން މިއަދު މަޖިލީހަށް ހުށައަޅައިފިއެވެ.

އިބޫގެ ފަރާތުން ފޮނުވާފައިވަނީ 29 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރެކޭ އެއްފަދައިން މިފަހަރުވެސް ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތަކެއް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 26.7 ބިލިއަން ރުފިޔާ ކަމަށާއި އާމްދަނީ އާއި އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ބަޖެޓުގައި ހިމަނާފައިވާ ކަންކަން ހާސިލުކުރެވޭނީ ހަރުދަނާ ނިޒާމެއް ގާއިމު ކުރެވިގެން ކަމަށާއި އެކަން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.