Last Updated: April 26, 14:54
Friday, April 26, 2024
މީހުން

ކޮމިކް އާޓިސްޓު ސްޓޭން ލީ މަރުވެއްޖެ

މާވެލްގެ ގިނަ ކޮމިކް އުފެއްދި ސްޓޭން ލީ 95 އަހަރުގައި މަރުވެއްޖެއެވެ.

މާވެލްގެ 'ސްޕައިޑަމެން'، 'ހަލްކް'، 'ބްލެކް ޕެންތާ' ފަދަ މަޝްހޫރު އެތައް ކޮމިކެއް އުފެއްދި ސްޓޭން ލީ މަރުވީ ނިއުމޯނިއާއަށް ފަރުވާ ކުރަމުން ދަނިކޮށެވެ.

ހާލު ދެރަވެ ސްޓޭން ލީ އިއްޔެ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދީފައެވެ. ނަމަވެސް ލީ މަރުވެފައިވަނީ ހާލު އިތުރަށް ގޯސްވެ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޓޭން ލީގެ މަރާއި ގުޅިގެން އެތައް ހާސް ސަޕޯޓަރުންނާއި އެކްޓަރުން އަދި ޕްރޮޑިއުސަރުން ވަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވާފައެވެ.