Last Updated: June 9, 10:37
Tuesday, June 9, 2026
ޚަބަރު

ޖޭއެސްސީއަށް ފާރިސްއާއި ރަޝީދުގެ ނަން ހުށައަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުންނަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަން ހުށައަޅައިފިއެވެ.

ޖޭއެސްސީއަށް އިދިކޮޅު ފަރާތްތަކުން މެމްބަރަކު ހުށައެޅުމަށް ޕާޓީތަކުން ހަތަރު ނަމެއް ފޮނުވިއެވެ. އެއީ ޖުމުހޫރީ ޕާޓީން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ރަޝީދު، އެމްޑީޕީން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، އެމްއާރްއެމް އިން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންއެވެ.

މިމެމްބަރުންގެ ތެރެއިން ފާރިސްގެ ނަން ހޮވިފައިވަނީ ރޭ ޖޮއިންޓް އޮޕޮސިޝަން ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލވުމަކަށް ފަހުގައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފާރިސްގެ ނަން، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށައެޅުއްވުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ތާއީދު ކުރައްވާފައެވެ.