Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނު އުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސްތަކަކަށް ފަހު ފަށައި، މަޖިލީހުގެ މެޖޯރިޓީއާއެކު އުވާލި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާއެކު ގާނޫނު އުވިއްޖެއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ހުށައެޅުއްވި މި ބިލް ފާސްވެގެން ދިޔައީ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުން ނަގައި، ބައެއް ޕީޕީއެމް މެމްބަރުންގެ ވޯޓާވެސް އެކުގައެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުން ހުއްޓުވަން ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ހުށައެޅުއްވި މައްސަލައަކާއެކު އުފެދުނު ބިލެކެވެ.

ބިލް އުފެދުމަށް ފަހު ޕީޕީއެމުން ބައެއް މެމްބަރުން ގޮނޑި ގެއްލުނު ކަމަށް އިއުލާން ކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފައެވެ.