Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

އިބޫގެ ކެބިނެޓު މިއަދު ހާމަކުރައްވަނީ

އިއްތިހާދުގެ ކެންޑިޑޭޓު އައްޑޫގައި

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމާއި ހަވާލުވެ އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓުގެ މައުލޫމާތު މިއަދު ހާމަކުރެއްވުމަށް ނިންމަވައިފިއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެބިނެޓުގައި ތިއްބަވާނީ ކިތައް މިނިސްޓަރުން ކަމާއި އުފައްދާ ވުޒާރާތައް އިއުލާން ކުރައްވާނެއެވެ.

އާ ސަރުކާރުގައި 22 ވަޒީރުން ތަފާތު 22 މިނިސްޓްރީއެއްގައި ތިއްބަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު އެ އަދަދު 19 އަށް ތިރިކުރާނެ ކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ.

އިބޫގެ ސަރުކާރުގައި ޚަރަދު ކުޑަ ކުރުމަށް އިސްކަމެއް ދެވޭނެ ކަމަށް ޖޭޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.