Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

އެފްއެސްއެމް ގައި ސައިކަލަކަށް ތެޔޮ އަޅަނީ - ފޮޓޯ: މިހާރު

އެސްޓިއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.

އެސްޓިއޯއިން ބުނީ ދުނިޔޭގެ ބާޒާރުން ތެޔޮ އަގުހެޔޮވުމާއި ގުޅިގެން އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައިވާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮ ކޮށްފައިވާ ކަމަށެވެ.

މި ގެނައި ބަދަލާއި އެކު އެ ކުންފުނިން ދެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.19 ލާރި އަށެވެ. އަދި ޑީސަލް ލީޑަރެއް 11.99 ލާރިއަށް ލިބޭނެ އެވެ.