2019 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އަި ނައިބު މުޤައްރިރަކަށް ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އައްޔަންކޮށްފި އެވެ.
2019 ވަނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައި ވަނީ 29 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރެކޭ އެއްފަދައިން މިފަހަރުވެސް ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތަކެއް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 26.7 ބިލިއަން ރުފިޔާ ކަމަށާއި އާމްދަނީ އާއި އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ބަޖެޓުގައި ހިމަނާފައިވާ ކަންކަން ހާސިލުކުރެވޭނީ ހަރުދަނާ ނިޒާމެއް ޤާއިމު ކުރެވިގެން ކަމަށާއި އެކަން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.