Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ވެލެޒިނީ ހައްޔަރުކޮށްފި

އިސްލާމްދީނަށާއި ކީރިތި ރަސޫލާ ސައްލަﷲ ޢަލައިޙި ވަސައްލަމް އަށް ފުރައްސާކުރި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ވެލެޒިނީ ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ކުފުރުގެ ބަސްތަކެއް ރައްދުކޮށްފައި ވަނީ 2017 ވަނަ އަހަރުގައެވެ. ފޭސްބުކްގައި ވެލެޒިނީ އާއްމުކުރި އެ ވާހަކަތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ އަކީ މުރުތައްދުވެފައިވާ މީހެއް ކަމުގައި ކަނޑައަޅާފައެވެ.

ކޯޓު އަމުރެއްގެ ދަށުން ވެލެޒިނީ ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދީފައި ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު އޭނާ މާލެ އައިސްފައި ވަނީ މިއަދުއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި ވެލެޒިނީ ހައްޔަރުކުރީ ފުލުހުން ތަހުގީގް ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.