އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ޗައިނާގެ ޓޫރިޒަމް މިނިސްޓަރ ލުއޯ ޝޫގާންގް ވަޑައިގަތުމަސް ހަމަޖެހިއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ލުއޯ ބައިވެރިވަޑައިގަންނަަވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައެވެ. މި ރަސްމިއްޔާތަށް މާދަމާ ލުއޯ ރާއްޖެ ވަޑައިގަންނަވާއިރު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެެވެ.
މި ދަތުރުފުޅުގައި އާ ރައީސް އިބޫ އާއި ބައްދަލުކުރައްވާކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.
އާ ސަރުކާރާއި އެކު ގާތްގުޅުމެއް ބާއްވާނެކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ވަޑައިގަންނަވަން ނިންމަވާފައެވެ.