Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

ނަސީމް ގާސިމަށް: އަލްހާން އެމްޑީޕީއަށް ފޮނުއްވީ ކޮން ރޭވުމަކަށް؟

އަލްހާން ފަހުމީ ޖުމްހުރީ ޕާޓީގެ ނައިބް ރައީސް ކަމުން ވަކިވެ އެމްޑީޕީ އާއި ދެވަނަ ފަހަރަށް ގުޅުނީ ގާސިމް ވިދާޅުވެގެން ކަމަށް ގާސިމް އަމިއްލައަށް ރޭ ވިދާޅުވުމާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރ އަދި ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރ އަހުމަދު ނަސީމް ގާސިމަށް ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.

އަލްހާން ފަހުމީ ދެވަނަ ފަހަރަށް ރޭ ޖުމްހުރީ ޕާޓީ އާއި ގުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ޖޭޕީގެ ނައިބު ރައީސް ގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އަލްހާނު އިސްތިއުފާ ދެއްވީ އެމަނިކުފާނު ވިދާޅުވެގެން ކަމަށެވެ. އަދި އެއަށްފަހު އިދިކޮޅު މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އަލްހާން ކިބައިން އެދިވަޑައިގަތް ކަމަށް ގާސިމް ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅިގެން ނަސީމް ގާސިމާއި ސުވާލު ކުރައްވާފައިވަނީ އެއީ ކޮން ރޭވުމެއްގައި މަނިކުފާން ކުރެއްވި ކަމެއްތޯ އައްސަވާފައެވެ.

"އެއީ ކޮން ރޭވުމެއްގައި މަނިކުފާނު ކުރެއްވި ކަމެއްތޯ؟" ނަސީމް ޓްވިޓަރ މެދުވެރިކޮށް ގާސިމް އާއި ސުވާލު ކުރެއްވިއެވެ.

ގާސިމްގެ މިވާހަކަތަކަށް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރައްދުދީފައެވެ، އަދި ގާސިމަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.