Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި މީދޫއަށް 19 މިލިއަން!

މީދޫ ބަނދަރު

އަންނަ އަހަރުގެ ބަޖެޓުގައި ސ. މީދޫއަށް 19 މިލިއަން ރުފިޔާ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިފިއެވެ.

މީދޫއަށް އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންކަމަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މީދޫ ބަނދަރު އަޕްގްރޭކޮށް ރިވެޓްމަންޓް ޖެހުމަށެެވެ. މުޅިން އަލަށްފަށާ މި މަޝްރޫއަށް ބަޖެޓުގައި 17 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން މީދޫ ވަރަށް ބޮޑަށް އެކަހެރިކޮށްފައިވަނިކޮށް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މީދޫ ރައްޔިތުން އެންމެ ބޭނުންވި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ސާވޭ ކުރުމަށް އެއް މިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައެވެ.

މީދޫގެ ވަށައިގެން ބޮޑު ސަރަހައްދެއް ގިރަމުންދާތީ މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ރައީސް ޔާމީނަށް މީދޫ ރައްޔިތުންގެ ފަރާތުން އެދުނެވެ. ނަމަވެސް އަމަލީ އެއްވެސް ކަމެއްކޮށް ނުދެއްވި އިރު ޖެހިގެން އޮތް ހުޅުދޫގެ ގޮނޑުދޮށް ވަނީ ހިމާޔަތްކޮށްދެއްވާފައެވެ.

މީދޫއަށް ކަނޑައެޅި ބަޖެޓުގައި ދެން ހިމެނެނީ މީދޫ ޒުވާނުންގެ މަރުކަޒު ގާއިމް ކުރުމަށް ހަމަޖެހިފައިވާ 1.5 މިލިއަން ރުފިޔާއެވެ. މިފަހަރުގެ ބަޖެޓުގައި މީދޫގެ މަގު ހެދުމާއި ގުޅޭ ގޮތުން ބެޖެޓު ކުރެވިފައި ނުވެއެވެ.