އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީގެ ބަންދު އިތުރުނުކޮށް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
ދީނަށް ފުރައްސާރަ ކުރިކަމުގެ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށް ވެލެޒިނީ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ގާނޫނާއި އެއް ގޮތަށް ކަމަށާއި، އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަސް ސިއްހީ ފަރުވާ ދޭން ޖެހޭ ނަމަ އެކަން އިންތިޒާމު ކުރެވޭނެ ކަމަށެވެ.
ފުލުހުން ވެލެޒިނީ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު ހޮސްޕިޓަލަށް ގެންދިއުމުން އޭނާ މިހާރު ވަނީ އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައެވެ.
ވެލެޒިނީ ހައްޔަރުކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. ސިއްހީ ހާލަތު ރަނގަޅު ނޫންކަން އެނގޭ މީހަކު ހައްޔަރުކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.