Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައިޝާ، އިޖްތިމާއީ މަސައްކަތަށް ޖަމިއްޔާއެއް އިފްތިތާހް ކޮށްފި

ފޮޓޯ: ޓްވިޓާ

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ، ގައުމު އާރާސްތު ކުރުމަށް އެހީތެރިވުމަށާއި، އިޖްތިމާއީ މަސައްކަތްތައް ކުރުމަށް ޖަމިއްޔާއެއް އިފްތިތާހް ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނަހުލާ އިސްވެ ހުންނަވައިގެން އުފެއްދެވި ޖަމިއްޔާއަކީ އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް ނުވަތަ "އަސްބާ" އެވެ.

މި ޖަމިއްޔާ ރަސްމީކޮށް އިފްތިތާހު ކުރީ ބުދަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އެވެ.

"އަސްބާ"ގެ ފައުންޑަރ މެންބަރުންގެ ގޮތުގައި ހިމެނެނީ އައިޝާގެ އިތުރަށް އެކަމަނާގެ މަންމަ ޚަދީޖާ އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ އިތުރަށް އައިޝާ އާއިލާގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.