Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

އައިޔޫއެމްގެ ޗާންސެލަރު ކަމުން ޝަހީމް އިސްތިއުފާ ދެއްވައިފި

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯ: ޓްވިޓާ

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަޤާމުގައި ހުންނެވި ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. ޝަހީމު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށެވެ.

އެ ޓްވީޓްގައި ޝަހީމް އިތުރަށް ވިދާޅުވީ މަގާމެއް ނެތަސް އިސްލާމްދީނާއި ދިވެހި ގައުމާއި އިސްލާމީ އުއްމަތަށް ޚިދުމަތް ކުރުން މަތީ ދެމިހުރުމަކީ ފަހުނޭވަޔަށް ވެސް ހަޔާތުގެ އެންމެ މަތިވެރި އަޒުމް ކަމަށެވެ.