Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ޔާމީން މާދަމާ ހެނދުނު ހިލާލީގެ ދޫކޮށް ނިކުންނަވަނީ

ހުދުމުހުތާރު ވެރިކަމުގެ ފަސް އަހަރަށް ފަހު ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވަމުންދާ ރަސްމީ ގެކޮޅު ހިލާލީގެއިން މާދަމާ ހެނދުނު ނިކުންނަވަން ނިންމަވައިފިއެވެ.

މާދަމާއަކީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަހުއެވެ.

ރައީސް ޔާމީން މާދަމާ ހިލާލީގެ ދޫކޮށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެމަނިކުފާންގެ ވެރިކަމުގައި ހެންވޭރު ކޮޅުން ބައްލަވައިގަތް ގެއަށެވެ، އެތަނުގައި 25 ބުރީގެ އިމާރާތެއް ކުރުމުގެ މަސައްކަތް ވެރިކަމުގައި ހުންނަވައިގެން ވަނީ ފައްޓަވާފައެވެ.

ރައީސް ޔާމީންގެ ދައުރު ފުރިހަމަކޮށް މާދަމާ ހިލާލީގެއިން ނިކުންނަވާ އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ނައިބް ރައީސް ފައިސަލް ނަސީމް އަންނަ ހޮނިހިރު ދުވަހު ހުވާ ކުރެއްވުމާއި އެކު ދައުލަތުން ރައީސް އިބޫ އަށާއި ނައިބް ރައީސް ފައިސަލްއަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވަން ޖެހެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިބޫ ދިރިއުޅުއްވާނީ މުލިއާގޭގައެވެ. އަދި ފައިސަލް ދިރިއުޅުއްވާނީ ހިލާލީގޭގައެވެ.

އިބޫ މުލިއާގެއަށް ބަދަލުވުމަށްޓަކައި އެގެ މިހާރު ދަނީ މަރާމާތު ކުރަމުންނެވެ. ރައީސް ޔާމީންވަނީ އެމަނިކުފާންގެ ވެރިކަމުގައި ހިލާލީގެއަށް ބޮޑެތި ބަދަލު ގެނެސްފައެވެ.