Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

އާދަމް ޝަރީފު މަޑުއްވަރީ ދާއިރާއަށް ނިކުންނަވަނީ

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު މަޖްލިސްގެ މަޑުއްވަރީ ދާއިރާއަށް ވާދަ ކުރައްވާނެކަން އިއްލާން ކުރައްވައިފިއެވެ.

ކޯސްޓް ގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އާދަމް ޝަރީފު ވިދާޅުވީ، މިނިސްޓަރުގެ މަގާމުން ވަކިވިއަސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަސައްކަތް ކުރެއްވުމަށް ހުންނެވިކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފަކީ ރ. ފައިނަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް އުމުރުގެ ބޮޑުބައި ހޭދަ ކުރައްވާފައިވަނީ ރ. މީދޫގައެވެ. މީދޫއަކީ މަޑުއްވަރީ ދާއިރާގައި ހިމެނޭ ރަށެކެވެ.

އާދަމް ޝަރީފު މަޖްލިސްއަށް ނިކުމެވަޑައިގަންނަވާނީ ޕީޕީއެމްއިންނެވެ. ނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ މައްސަލަ އަދި ކޯޓުން ނިމިފައިނުވެއެވެ.