Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ހަތަރު ލީޑަރުންގެ ބައްދަލުވުން ފަށައިފި

ރައީސް ސޯލިހު، ކޯލިޝަންގެ ލީޑަރުންނާއެކު - ފޮޓޯ: ޓްވިޓާ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުންގެ ބައްދަލުވުން ހޮޓެލް ޖެންގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

ހަތަރު ލީޑަރުންގެ ބައްދަލުވުން ކުރިއަށްދާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ނައިބް ރައީސް އަންނަ ހޮނިހިރު ދުވަހު މަގާމުގެ ހުވާކުރައްވައި ސަރުކާރާއި ހަވާލުވާނެއެވެ. އަދި މި ސަރުކާރަކީ ހަތަރު ލީޑަރުން ގުޅިގެން އެކުލަވާލާ ސަރުކާރެކެވެ.

ވެރިކަން ފެށެން އެއް ދުވަހަށްވެފައިވަނިކޮށް މިއަދު ބައްދަލުވުން ކުރިއަށްދާއިރު ކެބިނެޓްގެ އަދަދު ވަނީ އިއްލާންކޮށްފައެވެ. ނަމަވެސް އިބޫގެ ކެބިނެޓް ވަޒީރުންގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.