Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ދެމިތިއްބަވާނީ ރައީސް އިބޫއަށް މަޝްވަރާ ދެއްވުމުގައި: ހަތަރު ލީޑަރުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަޝްވަރާ ދެއްވުމުގައި ދެމިތިއްބަވާނެކަމަށް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ނައިބް ރައީސް ފައިސަލް ނަސީމް އާއި އެކު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހު ނޫސްވެެރިންނާއި ބައްދަލު ކުރައްވައި ލީޑަރުން ވިދާޅުވީ ހަތަރު ލީޑަރުން ދެމިތިއްބަވާނީ ރައީސް އިބޫއަށް މަޝްވަރާ ދެއްވުމުގައި ކަމަށެވެ.

އަދި ހަތަރު ލީޑަރުންނާއި އެކު ކޮންމެ މަހަކު 1 ބައްދަލުވުން ބާއްވަން އެއްބަސްވެފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ. އެގޮތުން ގައުމުގައި ހިނގާ މުހިއްމު ބޮޑެތި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ލަފާ އަރުވާ ބައެއްގެ ގޮތުގައި ހަތަރު ލީޑަރުން ތިއްބެވުމަށް މިއަދު ހުރިހާ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ

އިބޫ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ކެބިނެޓު އުފައްދާނެ ގޮތާއި އިންތިހާބާއި ހަމައަށް ކޯލިޝަން ކުރިއަށް ގެންދިޔަ ގޮތަށް ކޯލިޝަން އިތުރަށް ދެމެހެއްޓުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ބައްދަލުވުމަށްފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކެބިނެޓަކީ ރައީސަށް އިތުބާރު ކުރެވޭ ބޭފުޅުންތަކަކަށް ހެއްދެވުމަށް ރައީސް އިބޫއަށް ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ތަފްސީލް އަންނަނީ….