Last Updated: June 11, 06:12
Thursday, June 11, 2026
ޚަބަރު

ފްލައިމީގެ ދަތުރުތައް އައްޑޫ އަދި ފުވައްމުލަކަށް މިއަދު ފަށައިފި

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން އޮޕަރޭޓު ކުރާ ފްލައިމީގެ ދަތުރުތައް ފުވައްމުލަކާއި އައްޑޫއަށް މިއަދު ފަށައިފިއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު ފްލައިމީގެ ދަތުރު އައްޑޫ އަދި ފުވައްމުލަކަށް ފެށުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ފްލައިމީއަށް ޝުކުރު އަދާކޮށްފައެވެ.

ފްލައިމީގެ ދަތުރުތައް މިއަދު ރަސްމީކޮށް ފެށިއިރު އައްޑޫ ފުވައްމުލަކު މާލެ އެއްކޮޅު ޓިކެޓު ވިއްކަނީ 999 ރުފިޔާއަށެވެ. ފްލައިމީގެ ދަތުރުތައް ހަމަޖެހިފައިވަނީ މާލެ- ފުވައްމުލައް – ގަން – މާލެ ދަތުރުތައް އޮންނާނީ ހޮނިހިރު އަދި ބުދަ ދުވަހުއެވެ. މާލެ- ގަން-ފުވައްމުލައް- މާލެ ދަތުރުތައް އޮންނާނީ ބުރާސްފަތި އަދި ހޮނިހުރު ދުވަހުއެވެ.

ފްލައިމީން ބުނީ ޕަސިންޖަރުންގެ ހިޔާލު ބެލުމަށްފަހު އިތުރު ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.