Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އިންޑިއާ ގެސްޓު ހައުސްއެއްްގައި ދިވެއްސަކު މަރުވެފައި އޮތްވާ ފެނިއްޖެ

އިންޑިއާގެ ކޮޗިން ގެސްޓު ހައުސްއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ނިޔާވެފައި އޮއްވާ ފެނުނީ މ. މުލަކު، ހުސައިން ލަތީފް ކިޔާ މީހެކެވެ. އޭނާ އިންޑިއާއަށް ގޮސްފައިވަނީ އާއިލާ މީހެއްްގެ އޮޕަރޭޝަނަށް ކަމަށް މައުލޫމާތު ލިބެއެވެ.

ލަޠީފު މަރުވިކަން އެނގުނީ މިއަދު ހެނދުނު އޭނާގެ ހަބަރެއް ނުވެގެން ގޮސް ކޮޓަރި ބެލުމުންނެވެ. އޭނާ ނިޔާވިއިރު އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.