Last Updated: July 22, 10:02
Wednesday, July 22, 2026
ޚަބަރު

ލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ރާއްޖެ ވަޑައިގެންފި

Chandrika Bandaranaike Kumaratunga

ރައީސުލް ޖުމުހޫރިއްޔާގެ މަގާމާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ހަވާލުވާއިރު، އެމަނިކުފާނުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީ ލަންކާގެ ކުރީގެ ރައީސާ، ޗަންދްރިކާ ބަންޑާރަނަޔަކެ ކުމަރަތުންގަ ރާއްޖެ ވަޑައިގެންފިއެވެ.

ޗަންދްރިކާ މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު އެކަމަނާ އަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު 12،000 މީހުންނަށް ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވެއެވެ.