Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހުންނަވާނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި: ސައުދުﷲ

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ހުންނެވީ ކުރީގެ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ކަމަށާއި ދެންވެސް ގުޅޭނީ އެމަނިކުފާނު ހުންނަވާ ޕާޓީއެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިކުރު ބަދަލު ނުވާ ކަމަށާއި އޭނާއަކީ ވިކޭނެ އަދި ގަނެވޭނެވެސް ބޭފުޅެއް ނޫން ކަމަށެވެ. ސައުދުﷲ ޕީޕީއެމުން ވަކިވީ ރައީސް ޔާމީނަށް މައުމޫން ކުރެއްވި ތާއީދު އަނބުރާ ގެންދަވައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް ނިންމުމާ ގުޅިގެންނެވެ.

އޭނާއެކު އިތުރު މެމްބަރުންތަކެއް ވެސް ޕީޕީއެމުން ވަކިވެފައިވާއިރު ޕީޕީއެމުން ވަނީ އެ މެމްބަރުން ޕާޓީން ވަކިނުވާ ކަމަށް އަންގައި، އެންޓި ޑިފެކްޝަން ބިލް ފާސްވުމުން އެ މެމްބަރުން ޕާޓީން ވަކިކޮށްފައެވެ.

ސައުދުﷲ މައުމޫނަށް ތާއީދުކުރައްވައި ފޮނުވި ޓުވީޓާއެކު ރައީސް މައުމޫން ވަނީ އޭނާއަށް ޝުކުރު އަދާ ކުރައްވާފައެވެ.