Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސް ޔާމީން ހިލާލީގެ ދޫކުރައްވައި އަމިއްލަ ގެކޮޅަށް ބަދަލުވެވަޑައިގެންފި

ޚުދުމުހުތާރު ވެރިކަމުގެ ފަސް އަހަރަށް ފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދިރިއުޅުއްވަމުން ގެންދެވި ރަސްމީ ގެކޮޅު، ހިލާލީގެއިން ނިކުމެވަޑައިގެން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، ހ. ދޫވެހި އަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.

އެމަނިކުފާނު މިއަދު ދޫވެއްސަށް ބަދަލުވެވަޑައިގެން އެ ގޭގައި ދިރިއުޅުއްވަން ފެއްޓެވިއިރު، އެ ގޭގެ މަސައްކަތް އަދި އެއްކޮށް ނުނިމެއެވެ. އެހެންނަމަވެސް ރައީސް ޔާމީން ދިރިއުޅުއްވަން އެ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާގެ މަސައްކަތް ވަނީ މުޅިން އެއްކޮށް ނިންމާ ފުރިހަމަކޮށްފަ އެވެ.

މިއަދަކީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަހުއެވެ.

ރައީސް ޔާމީންގެ ދައުރު ފުރިހަމަކުރެއްވުމަށް ފަހު މިއަދު ހިލާލީގެއިން ނިކުމެވަޑައިގެންނެވިއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މާދަމާ ހުވާ ކުރެއްވުމާއި އެކު ދައުލަތުން ރައީސް އިބޫ އަށާއި ނައިބު ރައީސް ފައިސަލްއަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވަން ޖެހެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިބޫ ދިރިއުޅުއްވާނީ މުލިއާގޭގައެވެ. އަދި ފައިސަލް ދިރިއުޅުއްވާނީ ހިލާލީގޭގައެވެ.