Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އުފާ ފާޅުކުރުމުގެ ގޮތުން އާދިއްތަ ދުވަހު ސިނަމާލެ ބްރިޖުގައި ދުވުމެއް ބާއްވަނީ

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މާދަމާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާއިރު، އެކަމާއި ގުޅިގެން އުފާ ފާޅުކުރުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހުގެ ހަވީރު މާލޭގައި ދުވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ޙަރަކާތްތަކުގެ ދަށުން ކުރިއަށްގެންދާ މި ދުވުން އޮންނާނީ 18 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައި ސިނަމާލެ ބްރިޖުގަ އެވެ.

ސިނަމާލެ ބުރިޖުގެ ރަންގެ ގޮތުގައި ކުރިއަށް ގެންދާ މި ދުވުން ފެށުމަށް ހަމަޖހެިފައި ވަނީ މާލޭ ބްރިޖު ސަރަޙައްދުންނެވެ. އަދި އެ ހިސާބުން ހުޅުމާލޭ ބޮޑުމަގުގެ ވަކި ހިސާބަކަށް ދިއުމަށް އެނބުރި މާލެ އައިސް ދުވުން ނިންމާލުމަށް ހަމަޖެހިފައި ވަނީ މާލޭ ސިނާޢީ ސަރަޙައްދަށެވެ.

މިއީ އާންމުކޮށް ހުރިހާ އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ދުވުމަކަށް ވާއިރު، ދުވުމުގައި ބައިވެރިވުމަށް މުޅިން ހިލޭ ރަޖިސްޓްރީވެވޭނެ އެވެ. ދުވުމުގެ ބައިވެރިވާ ފަރާތްތަކުން ލާން ޖެހޭނީ އަމިއްލަ ޓީޝާޓު ކަމަށާއި، ޓީޝާޓުތައް ހުންނަންވާނީ ފެހި، ރަތް ނުވަތަ ހުދު ކުލައިގައި ކަމަށް ދުވުން އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.

މި ދުވުމުގެ އިތުރުން ވެސް އިބޫ އާއި ފައިސަލް ހުވާކުރެއްވުމާއި ގުޅިގެން ކުލަގަދަ ގިނަ ޙަރަކާތްތަކެއް ބޭއްވުމަށް ދަނީ ރާވަމުންނެވެ.