Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މައުމޫން، ސައުދުﷲ އަށް: ތިޔައީ ވަފާތެރިކަމުގެ ލާމަސީލު ނަމޫނާއެއް

އަބަދުވެސް ސާބިތުވެ ހުންނަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވުމާއި ގުޅިގެން، މައުމޫން ސައުދުﷲ އަށް ޝުކުރު ދަންނަވައިފި އެވެ.

މައުމޫން، ސައުދުﷲ އަށް ޝުކުރު ދަންނަވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

"ފަށްފަށުން ޝުކުރިއްޔާ އޮނަރަބަލް ސައުދުﷲ ހިލްމީ. ތިޔައީ ވަފާތެރިކަމުގެ ލާމަސީލު މިސާލެއް"، މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މައުމޫން މިހެން ވިދާޅުވިއިރު، ސައުދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން ވެސް ހުރީ ރައީސް މައުމޫން އާއެކު ކަމަށާއި، "އެވަގުތަށް" ޕީޕީއެމް އިން ވަކިވިޔަސް، ދެންވެސް ޕާޓީ އަކަށް ސޮއިކުރައްވާނަމަ ކުރައްވާނީ ރައީސް މައުމޫން ހުންނަވާ ޕާޓީ އަކަށް ކަމަށެވެ.

"ސިޔާސީ ފިކުރު ބަދަލުކުރުމެއް ނެތް. މިމިހާ ނުވިކޭނެ/ނުގަނެވޭނެކަން ތަކުރާރުކޮށް ޔަޤީންކޮށްދެން. އިސްކުރާނީ ޤައުމާރި ރައްޔިތުން"، ސައުދުﷲ ވިދާޅުވި އެވެ.