Last Updated: April 20, 09:35
Saturday, April 20, 2024
ޚަބަރު

އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓުކޮށްފި

presidencymv

މާދަމާ ދިވެހި ރާއްޖޭގެ ރައީސް ކަމާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވާއިރު، އެމަނިކުފާނުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ކުރީގެ ތިން ރައީސުންވެސް އިބޫގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިބޫ ތަމްސީލު ކުރައްވާ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ދެ ރައީސުން، މައުމޫން އަބްދުލްޤައްޔޫމާއި މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ އިއްޔެ، އިބޫގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފައެވެ.

ރައީސް ޔާމީން އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން އެގޮތަށް ނިންމެވީ އެތައް ބަޔަކު އިންސާފު ގެއްލިފައިވާ ކަމަށް ގަބޫލުކުރާތީ އެބޭފުޅުންނަށް އިހުތިރާމު ކުރެއްވުމުގެ ގޮތުން ކަމަށެވެ.