މއ. ޒޫނާމަންޒިލް ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެނގިފައިވާ ގޮތުގައި މިރޭ މާލޭގައި ހިނގި މި ހާދިސާގައި، ޒޫނާމަންޒިލް ގޭގެ ކޮޓަރިއެއް ވަނީ ބޭނުން ނުކުރެވޭ މިންވަރަށް އަނދައި ހަލާކުވެފައެވެ.
އެ ގޭގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރި މަސައްކަތުން އެ އަލިފާންގަނޑު ވަނީ މިހާރު ނިއްވާލެވިފައެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި އެ ހާދިސާ ހިނގާފައި މިރޭ 10:15 ހާއިރު ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ރޭ ވެސް މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އެތައް ގަޑިއިރުތަކެއް ފަހުންނެވެ.