Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ސީއެންއެންގެ ނޫސްވެރިޔާއަށް ވައިޓް ހައުސްއަށް ވަނުން މަނަލެއް ނުކުރެވޭނެ ކަމަށް އަންގައިފި

ސީއެންއެންގެ ނޫސްވެރިޔާ ޖިމް އަކޮސްޓާ ވައިޓް ހައުސްއަށް ވެއްދުން މަނާކޮށް އޭނާގެ ފާސް އަތުލި މައްސަލަ ކޯޓުން ބާތިލުކޮށް ފާސް އަނބުރާ ދިނުމަށް އަމުރުކޮށްފިއެވެ.

އެމެރިކާގެ މިޑް ޓާމް އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުސަތު އެރުވުމުން އަކޮސްޓާ އެއް ސުވާލަށް ވުރެ ގިނައިން ސުވާލު ކުރަން ފެށުމުން ރުޅިގަދަވެ، ޓްރަމްޕް ވަނީ އޭނާގެ މައިކު އަތުލުމަށް އަންގައި ތަކުރާރުކޮށް ވާހަކަ ދެއްކުން ހުއްޓުމަށް އަންގާފައެވެ.

ނަމަވެސް އަކޮސްޓާ ވަނީ ފަހު ސުވާލު ކަމަށް ބުނެ ސުވާލުކުރުން ކުރިއަށް ގެންގޮސްފައެވެ. ޓްރަމްޕް އެންގުމުން ވައިޓް ހައުސްގެ މުވައްޒަފަކު ވަނީ އޭނާގެ އަތުން ގަދަކަމުން މައިކު އަތުލަން މަސައްކަތް ކޮށްފައެވެ.

އަކޮސްޓާގެ ފާސް އަތުލައި ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވަދެވޭނެ ކަމަށް އެންގީ ވައިޓް ހައުސްގެ މުވައްޒަފުގެ ގަޔަށް އަތްލި ކަމަށް ބުނެ ވީޑިއޯ އެއް އެޑިޓު ކޮށްގެންނެވެ.