އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ)، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، އެމަނިކުފާނު އެކުލަވައިލައްވާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަނު ކުރައްވާ މެމްބަރުން، މަޤާމުގެ ޤާނޫނީ ހުވާކުރެއްވުމާއި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ ރައީސް އޮފީހުގައި އޮންނާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓަށް ޢައްޔަނު ކުރައްވަނީ އެޓަރނީ ޖެނެރަލްގެ އިތުރުން، 19 ވަޒީރުންނެވެ.
ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަޤާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިބޫ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 17:00 ގައެވެ.