Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ނަމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފި

ނަމަލް ރާޖަޕަކްސަ - ފޮޓޯ: ފޭސްބުކް

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދޮށީ ފިރިހެން ދަރިކަލުން ނަމަލް ރާޖަޕަކްސާ އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

ނަމަލް ވަނީ ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ އަމީން އާއެކު މާލޭގެ ބައެއް ތަންތަނަށް ވަޑައިގެން އެތަންތަން ބައްލަވާލައްވާފަ އެވެ. އަދި ސިޓްރަން ރެސްޓޯރަންޓާއި އަމީން ހިންގަވާ އޮޑެގައްލާ ކެފޭއަށް ވަޑައިގެން ބައެއް މީހުންނާ އެކު ނަމަލް ވަނީ ސެލްފީވެސް ނަންގަވާފައެވެ.

އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކެ ވެސް ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފަ އެވެ.

މިއަދު ހަވީރު 17:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބާއްވާ އެ ރަސްމިއްޔާތުގައި 46 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.