Last Updated: April 23, 11:36
Tuesday, April 23, 2024
ޚަބަރު

މިއަދު ރާއްޖެ ކުރިމަތިލަނީ އުއްމީދުން ފުރިގެން މަރުހަލާއަކާ: ރައީސް މައުމޫން

އިންތިޚާބީ ރައީސް އިބޫ، މައުމޫން އާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (މައުމޫން)

މިއަދު ދިވެހިރާއްޖެ މި ކުރިމަތިލަނީ އުއްމީދުން ފުރިގެންވާ އާ މަރުހަލާއަކާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު އަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ކަމަށެވެ.

"މާތްﷲ އެމަނިކުފާނުގެ މަސައްކަތްޕުޅުގައި ބަރަކާތްލައްވާށި. އާމީން!"، މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފެށޭނީ މިއަދު ހަވީރު 17:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މި ރަސްމިއްޔާތުގައި 46 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު، ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވަނީ މި ރަސްމިއްޔާތު ބޮއިކޮޓް ކުރައްވާފައެވެ.