Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކާނަލް ނަޝީދަށް ހަމަލާ ދީފީ

ކާނަލް މުހައްމަދު ނަޝީދު - ފޮޓޯ: ވީނިއުސް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ދިވެހިރާއްޖެއިން ތައިލޭންޑް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކާނަލް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައިކާނަލް ނަޝީދަށް ހަމަލާދީފައި ވަނީ މާފަންނު ކެފޭއެއްގެ ކައިރީގައި ހުންނަވަނިކޮށެވެ.

ކާނަލް ނަޝީދާއި ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ކާނަލް ނަޝީދަށް ހަމަލާދީފައި ވަނީ ޒިޔާރަތް އިންނަ މަގުން ހިންގަވާފައި ދަނިކޮށް އެ މަގުގެ ކެފޭއެއްގައި ތިބި ބައެއް ކަމަށާއި، ހަމަލާދިނުމުގައި ގޮނޑި ވެސް ބޭނުންކުރި ކަމަށެވެ. އަދި ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް އޭނާ އަށް ލިބިފައިވާ ކަމަށާއި، ހަމަލާދިން މީހުން ވަނީ ކާނަލް ނަޝީދަށް މަރުގެ އިންޒާރުވެސް ދީފައި ކަމަށެވެ.

ކާނަލް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑީއާރްޕީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.