Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ހުވާކުރާ ރަސްމިއްޔާތައް އީޔޫގެ ޑެޕިޔުޓީ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރައްވާ ރަސްމިއްޔާތަށް ޔޫރަޕިއަން ޔޫނިއަންގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް، މރ. ޖޯން ކްރިސްޓޯފް ބެލިއާރޑު ރާއްޖެ ވަޑައިގެންފި އެވެ.

ބެލިއާރޑުގެ އަރިހުގައި އީޔޫ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޓުންގް ލައި މާރގްވެސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އީޔޫ އިން ބުނީ އާ ސަރުކާރާއެކު އިތުރަށް ގުޅުން ބަދަހިކުރުމާއި އަދި ދިވެހިރާއްޖޭގެ ޑިމޮކްރެސީ ދެމެހެއްޓުމުގައި އެއްބާރުލުން ދިނުމުގައި އެ އިއްތިހާދުން ދެމިއޮންނާނެ ކަމަށެވެ.

އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި ޖުމްލަ 46 ޤައުމެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.