Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

މޯދީ ރާއްޖެ ވަޑައިގެންފި

މޯދީ ރާއްޖެ ވަޑައިގެންފި - ފޮޓޯ: ޓްވިޓާ (އަހްމަދު ރަޝީދު)

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ހުވާކުރެއްވުމަށް ބާއްވާ ޚާއްސަ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސެވި ނަމަވެސް، ރާއްޖެއާއި އިންޑިއާ އާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން އެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފައެވެ.

މޯދީ ރާއްޖެ ވަޑައިގެންފައި ވަނީ މިއަދު 15:45 ހާއިރު ކަމަށްވާއިރު، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެނބުރި އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މޯދީ މިއަދު މާލެ ވަޑައިގެންނެވިއިރު، އޭނާ ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިބޫ ހޯއްދެވި ކާމިޔާބީ އަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެމަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

މޯދީ ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމުގެ ތައްޔާރީތަކަށް އެޤައުމުގެ އެޑްވާންސް ޓީމެއް ވަނީ މި މަހުގެ ކުރީކޮޅު ރާއްޖެ އައިސްފައެވެ.