Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ހައްޔަރު ކުރި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ!

މަރަދޫން ހައްޔަރު ކުރި މީހުންގެ ބަންދު 10 ދުވަހަށް ޖަހައިގެން ނެރެނީ. ފޮޓޯ އައްޑޫލައިވް

މި މަހުގެ 15 ވަނަ ދުވަހު މަރަދޫ ޕީޕީއެމް ޖަގަހަ ހުރި ސަރަހައްދުން ހައްޔަރުކޮށް 10 ދުވަހުގެ މުއްދަތު ޖަހާފައިވާ މަރަދޫގެ 7 ޒުވާނުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީގެ ފަރާތުން މި ވަގުތު އައްޑޫގައި ހުންނެވި ގާނޫނީ ވަކީލު އަަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލް ވިދާޅުވީ މިމައްސަލާގެ ހައްޔަރުގައި ތިބި އެންމެންނާއި ވަކި ވަކީން ބައްދަލުކޮށް އެ މީހުންގެ ވާހަކަ އަޑު އަހާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް އަނިޔާ ކުރި ކަމަށް ބުނެފައިވާ ކަމަށެވެ.

އެސްއޯ ފުލުހުން މަރަދޫން ޒުވާނުންތަކެއް އާދަޔާ ހިލާފް ބާރު ބޭނުންކޮށްގެން ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށް ވަނީ ތަފާތު އަނިޔާ ދީފަ އެވެ. މި މައްސަލާއި ގުޅިގެން އައްޑޫގެ މަސްރަހުވަނީ ވަރަށް ހޫނުވެފަ އެވެ.

އަދި މިކަމާއި އަޑު އުފުލުމަށް އައްޑޫގައި ހުކުރު ދުވަހު ވަނީ ހިނގާލުމެއް ވެސް ބާއްވާފަ އެވެ.