Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

ރައީސް އިބޫ، މޯދީއާ ބައްދަލުކުރައްވައިފި

ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.

މޯދީ ރައީސް އިބޫއާ ބައްދަލުކުރައްވާފައިވަނީ ރައީސް އޮފީހުގައެވެ. އިބޫ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރައީސް އޮފީހަށް ވަޑައިގެން އިބޫއާ ބައްދަލުކުރައްވައި ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މޯދީ ރާއްޖެއަށް ވަޑައިގެންފައިވާއިރު މިއީ އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މޯދީ ވަނީ ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިންގެ ފޮތުގައި ސޮއިކުރައްވާފައެވެ. މޯދީއާއެކު ވަޑައިގަތް އޮފިޝަލުންނާ ރައީސް އިބޫ، އަދި ނައިބު ރައީސް ފައިސަލް ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ.

ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން މޯދީ ވަނީ މިދަތުރާއެކު ދެގައުމުގެ ދެމެދުގައި އުފެދިފައި އޮތް ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށާއި ރާއްޖެއަށް ދެވެން އޮތް އެހީއެއް ދޭން އިންޑިޔާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.