Last Updated: June 11, 06:12
Thursday, June 11, 2026
ޚަބަރު

އިބޫގެ ކެބިނެޓުގައި މިފަހަރު އައްޑޫ ބޭފުޅަކު ނުހިމެނޭ!

އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކެބިނެޓު ވަޒީރުން ހުވާކުރައްވާފައިވާ އިރު މިފަހަރުގެ ކެބިނެޓުން އައްޑޫގެ އެއްވެސް ބޭފުޅަކަށް ފުރުސަތު ލިބިވަޑައިގެންފައި ނުވެއެެވެ.

އިބޫ މިއަދު ހަވީރު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު މިރޭ ބޭއްވި ކެބިނެޓު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އައްޑޫއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ނެތުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

މިއީ ފަހުގެ ކެބިނެޓެއްގައި އައްޑޫއަށް ނިސްބަތްވާ ބޭފުޅަކު ނުހިމެނުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އާބާދީގައި އެންމެ ތައުލީމީ މީހުން ގިނަ އައްޑޫ ބޭފުޅަކު ކެބިނެޓުގައި ނުހިމެނުއިރު މީގެ ކުރީގެ ކެބިނެޓު ތަކުގައި ހިމެނި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅުންވެސް ހިމެނެއެވެ.

މިފަހަރުގެ ކެބިނެޓުގައި އައްޑޫ ބޭފުޅަކު ނެތް އިރު އެންމެ ގިނަ ބޭފުޅުން ހިމެނިވަޑައިގެންފައިވަނީ ހުވަދޫންނެވެ.

ރައީސް މައުމޫން އާއި ރައީސް ނަޝީދު އަދި ރައީސް ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި އައްޑޫ ބޭފުޅުން ހިމެނިވަޑައިގަތެވެ.