Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މާރިޔާ، ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރ

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރަކަށް މާރިޔާ އަހުމަދު ދީދީ ހަމަޖައްސައި، މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މާރިޔާ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރެއްވި އިރު މިއަދު މާރިޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ގޮޑިން އިސްތިއުފާ ދެއްވާފައެވެ.

ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މާރިޔާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެެއްވުމާއި ހަމައަށް އެމަނިކުފާންގެ ތަރުޖަމާނެވެ.

މާރިޔާގެ އިތުރުން އިބޫގެ ކެބިނެޓުގައި ރިކޯޑު އަދަދަކަށް އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން 6 ބޭކަނބަލުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވައެެވެ.