Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

މާދަމާއަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އިބޫ ނިންމެވި ފުރަތަމަ ނިންމެވުމެވެ.

އިބޫ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ އުފަލުގައި މާދަމާ މާލޭގައި ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ އާއި އަންގާރަ ދުވަހު "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ބައިވެރިވެވޭނެ އެވެ.

ސްޕޯޓްސް ފެސްޓިވަލް އިންތިޒާމްކުރާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ފެސްޓިވަލްގެ ޙަރަކާތްތަކުގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި، ރައީސް އިބޫގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ސްޕޯޓްސް ފެސްޓިވަލްގައި މޫދާއި އެއްގަމުގައި ކުޅިވަރުތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ކުޅިވަރުތަކުގައި 17 އެސޯސިއޭޝަނެއްގެ އިތުރުން 15 އެންޖިއޯއަކުން ބައިވެރިވާނެ އެވެ.