Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިބޫގެ ކެބިނެޓަށް މައުމޫން މަރުޙަބާ ދަންނަވައިފި

ކޯލިޝަން ފެށިގެން އައިއިރު ރައީސް މައުމޫނާއި އިބޫ ޖަލްސާއެއްގައި: ފޮޓޯ - މިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކެބިނެޓަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މަރުޙަބާ ދަންނަވައިފި އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވެފައި ވަނީ އާ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންނަށް ވެސް މަރުޙަބާ ދަންނަވާ ކަމަށާއި، އިންސާފްވެރި ޤާނޫނީ ވެރިކަމަކާއި ސާފު ސަރުކާރެއްގެ މައްޗަށް ބިނާކޮށް މުޅިން އާ ތާރީޚެއް ބިނާކުރުމުގައި ކާމިޔާބަށް އެދިވަޑައިގެންނަވާ ކަމަށެވެ.

އިބޫ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވިއިރު، މިރޭ ވަނީ އެމަނިކުފާނުގެ ކެބިނެޓް އިއުލާންކުރައްވާފަ އެވެ.

އިބޫގެ ކެބިނެޓުގައި 20 ވުޒާރާއެއް ހިމެނޭއިރު 13 ފިރިހެން ވަޒީރުންނާއި 7 އަންހެން ވަޒީރުން ހިމެނެއެވެ. ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

މިނިސްޓަރ އޮފް ފޮރެން އެފެއާޒް، އަބްދުﷲ ޝާހިދު
މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ ދީދީ
މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޝެއިޚް އިމްރާން އަބްދުﷲ
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ، އިބްރާޙިމް އަމީރް
މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން، ޑރ. އިބްރާހިމް ހަސަން
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަރަކްޗާ، މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް
މިނިސްޓަރ އޮފް ހެލްތް، އަބްދުﷲ އަމީން
މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. އައިޝަތު އަލީ
އެޓާނީ ޖެނެރަލް، އިބްރާޙިމް ރިފްއަތު
މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ފައްޔާޒް އިސްމާއިލް
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، އައިޝަތު ޒަހާ ވަހީދު
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަހުމަދު ޒާހިރު
މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑެވެލޮޕްމެންޓް، އާމިނަތު އާތިފާ
މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ ޑެވެލޮޕްމެންޓް، އަހުމަދު މަހްލޫފް
މިނިސްޓްރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް، ޝިދާތާ ޝަރީފް
މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އާއިޝަތު ނަހުލާ
މިނިސްޓަރ އޮފް އެންވަޔަރޮމެންޓް، ޑރ. ހުސެއިން ރަޝީދު ހަސަން
މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން

އިބޫގެ ކެބިނެޓުގައި ހަތަރު ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.