Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ ލިބުނު އުފަލެއް: ޕްރޮފެސަރ އުގެއިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.

އުގެއިލް މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އުގެއިލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް އަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި މިއަދަކީ އުއްމީދުން ފުރިގެންވާ ދުވަސްތަކަކާއި ދިވެހިރާއްޖެ ކުރިމަތިލާ ދުވަސް ކަމުގައި ވެސް އުގެއިލް ވިދާޅުވި އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބޮޑު ތަނުން ކާމިޔާބުކުރެއްވި ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވީ މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ޙަފްލާގައި ދުނިޔޭގެ 46 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފިޔަވައި ރާއްޖޭގެ ކުރީގެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމު ބައެއް ރައްޔިތުން ވެސް ވަނީ ބައިވެރިވެފަ އެވެ.