Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސް އާއި ނައިބު ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު ހަމަޖައްސަވައިފި

ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާ ގެކޮޅުތައް ހަމަޖައްސަވައިފި އެވެ.

އެގޮތުން ރައީސް ސޯލިހު ވަނީ ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "މުލީއާގެ" ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "ހިލާލީގެ" ކަމުގައި ހަމަޖައްސަވައިފަ އެވެ.

ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދިރިއުޅުއްވަމުން ގެންދެވީ ހިލާލީގޭގަ އެވެ. އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމާއެކު އިއްޔެގެ ވަގުތެއްގައި ހިލާލީގެ ދޫކުރައްވައި، ހ. ދޫވެހި އަށް ބަދަލުވެވަޑައިގެންފަ އެވެ. ދޫވެހި އަކީ ރައީސް ޔާމީންގެ އަމިއްލަ ގެކޮޅެވެ. އެ އިމާރާތުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އެމަނިކުފާނު ދިރިއުޅުއްވުމަށްޓަކައި އެ ގޭގެ ފުރަތަމަ ދެ ފަންގިފިލާގެ މަސައްކަތް ވަނީ ނިންމާ ފުރިހަމަކޮށްފަ އެވެ.