Last Updated: July 26, 13:22
Sunday, July 26, 2026
ޚަބަރު

ކެބިނެޓުން ފުރުސަތެއް ލިބުނު، ދޫކޮށްލެއްވީ އަމިއްލައަށް ފެނިގެން: ނާދިރާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުން، ކޯލިޝަންގައި ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓުގެ ސްލޮޓެއްގައި ޖާގައެއް ލިބުނު ކަމަށާއި، ނަމަވެސް ދޫކޮށްލެއްވީ އަމިއްލައަށް ފެނިގެން ކަމަށް، އިބޫގެ ކެމްޕޭނުގައި އެމްއާރްއެމްގެ ފަރާތުން އެންމެ އިސްކޮށް، އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

އިއްޔެ އައްޔަން ކުރި ކެބިނެޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދާ މިދަނޑިވަޅުގައި ނާދިރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެޔޮ އެދޭ އެންމެހާ ފަރާތްތަކަށް ޝުކުރު ކުރާ ކަމަށާއި، ކެބިނެޓުން ފުރުސަތު ލިބުނު ނަމަވެސް އެމަގާމު ހޯއްދަވަން ބޭނުންފުޅު ނުވާތީ ދޫކޮށްލެއްވީ ކަމަށެވެ.

އިބޫގެ ކެބިނެޓުގައި 7 އަންހެން ވަޒީރުން ހިމެނޭއިރު ރައީސް މައުމޫންގެ ދަރިކަނބަލުން، ޔުމްނާ މައުމޫން ވަނީ ދިވެހި ރާއްޖޭގެ ކަލްޗާ، އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރ ކަމަށް އައްޔަން ކުރައްވާފައެވެ.