Last Updated: July 26, 13:22
Sunday, July 26, 2026
ޚަބަރު

މަގާމާއި ހަވާލުވީ ޒުވާނުންނާއި ކުޅިވަރަށް ހެޔޮ ބަދަލެއް ގެނައުމަށް: މަހްލޫފް

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް - ފޮޓޯ: ރާއްޖެއެމްވީ

ކެބިނެޓަށް ވަޑައިގަތީ ވަޒީރުކަމުގެ ޓައި އަޅުއްވައިގެން އިންނާކަށް ނޫން ކަމަށާއި، ބޭނުމަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ހެޔޮއެދޭ ބޮޑު ބަދަލެއް ގެނައުން ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓް، އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އިއްޔެ މަޖިލީހުގައި ތަމްސީލު ކުރައްވަމުން އައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިން އިސްތިއުފާ ދެއްވުމަށް ފަހު ރޭ ރައީސް އިބޫގެ ކެބިނެޓުގައި ވަޒީރު ކަމުގެ ހުވާކުރެއްވި މަހްލޫފަކީ މީގެ ކުރިންވެސް ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެފްއޭއެމްގެ އިސް މަގާމުތަކާއި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރު ކަމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައި ރަނގަޅު ނަތީޖާތައް މަހްލޫފް ވަނީ މާޒީގައި ނެރެދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގައި ފާއިތުވެދިޔަ 9 އަހަރުވެސް މަހްލޫފް ފެނިގެން ގޮސްފައިވަނީ ވަރަށް ޒިންމާދާރު މެމްބަރެއްގެ ގޮތުގައެވެ.

ޑިމޮކްރަސީއަށް ޓަކައި މަހްލޫފް ކުރި މަސައްކަތުގެ އަގު ވަޒަންކޮށް އެމަނިކުފާނަށް ވަނީ ޑިފެންޑާސް އޮފް ޑިމޮކްރަސީގެ އެވޯޑުވެސް އަރުވާފައެވެ.