Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އުގެއިލް ރިޟްވާނުގެ އާއިލާއާ ބައްދަލުކޮށްފި

ޕްރޮފެސަރ ހަސަން އުގެއިލް، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މަންމައާއި ބައްދަލުކޮށްފިއެވެ.

ބޮޑެތި މަރުތަކާއި، ރިޟްވާނު ގެއްލުވާލުމުގައި އުގެއިލްގެ ތަޖުރިބާއާއި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު އުގެއިލް، ރިޟްވާނުގެ މަންމައާއި ބައްދަލުކޮށްފައިވަނީ އިއްޔެ ރައީސް ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ފަހުގައެވެ.

މީގެ ހަތަރު އަހަރު ކުރިން 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ރިޟްވާން ގެއްލިފައިވާއިރު ދައުލަތުން ވަނީ އޭނާ ވަގަށް ނެގި ކަމުގެ ތުހުމަތު ދެމީހަކަށް ކޮށް ދައުވާ އުފުލާފައެވެ.

ނަމަވެސް ދެމީހުން ވެސް ވަނީ ދައުވާ ސާބިތުނުވާ ކަމަށް ބުނެ މިނިވަންކޮށްފައެވެ. ދައުލަތުން ދައުވާ އުފުލި ތިންވަނަ މީހާ ވަނީ ބޭރުގެ ހަނގުރާމައަކަށް ގޮސް މަރުވެފައި ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.

ރިޟްވާންގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް ވާކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. ރައީސް އިބޫ ވަނީ ރިޟްވާން ގެއްލުވާލި މައްސަލަ ރިވިއުކޮށް ތަހުގީގު އަލުން ފެށުމަށް ވައުދުވެފައެވެ.