Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

ހަންކެޑެ ސަރަހައްދަށް މޫދަށް ގޮސް އުޅުނު ކުއްޖަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދަށް މޫދަށް ގޮސް އުޅުނު ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އާންމު ރައްޔިތުންނާއިއެކު ފޮލިހުންނާއި ސިފައިން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ގެއްލިފައިވަނީ އައްޑޫ ހައިސްކޫލުގައި ކިޔަވަމުން ދާ ކުއްޖެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނިފައިވަނީ މަރުވެފައިވަނިކޮށެވެ.