ހަންކެޑެ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ކުއްޖާއަކީ އައްޑޫ ހައި ސްކޫލްގައި ކިޔަވަމުންދާ ޖައިޝަމް ނަމަކަށް ކިޔާ ކުއްޖެކެވެ. އޭނާ ފެނުނީ ހަންކެޑެ ސަރަހައްދުގެ މޫދު އަޑިންނެވެ. އަދި އެކުއްޖާ މޫދު އަޑިން ނަގާފައި ވަނީ އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތޮއްޔިބް އިސްކޮށް ހުންނަވައިގެން އަކުއާ ވެންޗާސްގެ ޑައިވަރުންނެވެ. އެކުއްޖާ ފެނުނީ 3 މީޓަރު އަޑިންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުއްޖާ ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާކަމަށެވެ.