Last Updated: June 21, 03:30
Sunday, June 21, 2026
ޚަބަރު

އަބްދުﷲ ސައީދު އާއި އަލީ ހަމީދު ގެއަށް ބަދަލުކުރަނީ

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިއްޖެއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި އަބްދުﷲ ސައީދު އާއި އަލީ ހަމީދު މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި އިރުކޮޅެއް ފަހުން ގެއަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެދެބޭފުޅުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވާނެކަމަށް އަބްދުﷲ ސައީދުގެ އައިލާގެ ބޭފުޅަކު ވަނީ މައުލޫމާތު ދީފައެވެ.

ރައީސް ސޯލިހު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ރައީސް ކަމުގެ ފުރަތަމަ ދުވަހު އެދެބޭފުޅުން ދޫކޮށްލަވާނެކަމަށް ވިދާޅުވެފައެވެ.

ތަފްސީލް އަންނަނީ….