Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ދެ ފަނޑިޔާރުންނާއި މުހުތާޒު އާއި ގާޒީ ނިހާން ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު - ފޮޓޯ: އައްޑޫލައިވް

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިންގެ އިތުރުން އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އެ ހަތަރު ބޭފުޅުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން ހައްޔަރުކުރި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާގެ އިތުރުން އެހެން ދައުވާތަކެއް ވެސް އުފުލާފައެވެ.

މުހުތާޒާއި ނިހާނަށް ވެސް ވަނީ މީގެ ކުރިން ޓެރަރިޒަމްގެ ދައުވާ އުފުލައި، އެދައުވާތައް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ވެސްކޮށްފައެވެ. އަދި އެ ދެބޭފުޅުންގެ މައްޗަށް ވެސް ވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި ހަތަރު ބޭފުޅުން ގޭބަންދަށް ބަދަލުކޮށްފައިވާއިރު، ނުޙައްޤުން ޖަލަށްލާފައިވާ ފަރާތްތައް މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.